Ads by Stelco

ޚަބަރު

އިމިގްރޭޝަން އޮޕަރޭޝަން: މާލޭގަ ހުންނަ ކެފޭއެއް ތެރެއިން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަން އޮޕަރޭޝަން: މާލޭގަ ހުންނަ ކެފޭއެއް ތެރެއިން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

04 އޯގަސްޓު 2025، 09:43

04 އޯގަސްޓު 2025، 09:43

މާލޭގައި ހިންގަމުން އަންނަ ކެފޭއެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުން އައި 02 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު މާލޭގެ ހުންނަ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނގޮސްފައިވާކަމަށެވެ. 

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސް އިން މިދިޔަ މަހުގެ 31ވަނަ ދުވަހު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީންވެސް ވަނީ ހައްޔަރުކޮށްފައެވެ. 


އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން