ކުޅިވަރު

ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމުތަކުން ލޯ މެޑަލް ހޯދައިފި

ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމުތަކުން ލޯ މެޑަލް ހޯދައިފި

ޓީޓީ ޓީމުތަކަށް އެއާރޕޯޓުން މަރުޙަބާ ކިއުން---

farudhun logo

ފަރުދުން

03 އޯގަސްޓު 2025، 09:33

03 އޯގަސްޓު 2025، 09:33

ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ. ސްރީލަންކާ އާއި ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ގޭމުންނެވެ. އަންހެން ޓީމަށް ގެއްލުނީ އިންޑިއާ އާއި ނޭޕާލް މެޗެވެ. އެއީ ސީދާ ތިން ގޭމުންނެވެ.

މި މުބާރާތުން ފިރިހެން ޓީމަށް ލިބުނު މެޑަލަކީ ބައިނަލްއަޤްވާމީ މުބާރާތެއްގައި އެ ޓީމަށް ލިބުނު ފުރަތަމަ މެޑަލެވެ. 

ފިރިހެން ޓީމުން ވަނީ ސްރީލަންކާ 3-1 ގޭމުން ބަލިކުރުމަށްފަހު، ބަންގްލަދޭޝްގެ މައްޗަށް 3-2 ގޭމުން ކުރި ހޯދާފައެވެ. ނަމަވެސް ރާއްޖެއަށް އިންޑިއާ މެޗު ގެއްލުނީ ސީދާ 3 ގޭމުންނެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރި ގައުމީ ޓީޓީ ފިރިހެން ޓީމުގައި މުންސިފްގެ އިތުރުން ދެން ހިމެނެނީ، އަހްޔާރް އަހުމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީސްތު ނަސީމްއެވެ.

އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި އަލްސާ ނާފިޒެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން