ޚަބަރު
ކުޅިވަރާބެހޭ ވުޒާރާއިން ކުރީގެ ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކޮށްފި

ކުޅިވަރާބެހޭ ވުޒާރާއިން ކުރީގެ ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފަރުދުން
03 އޯގަސްޓު 2025، 12:48
03 އޯގަސްޓު 2025، 12:48
ކުޅިވަރާބެހޭ ވުޒާރާއިން ކުރީގެ ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކޮށްފިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ވަނީ، ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެގޮތުން، ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ބޭއްވި އިވެންޓް ކުރިއަށްދިޔައީ ހެންވޭރު މީރުމާގަ އެވެ. މި ރަަސްމިއްޔާތުގައި ކުރީގެ ވަޒީރުންގެ ގޮތުގައި ތިއްބަވައި، ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައިވެއެވެ.
އެ ބޭފުޅުންނަކީ، (ނ.ޢ.ޢވ) އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، (ނ.ޢ.ޢވ) ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި، އަހުމަދު މަހުލޫފް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.