ޚަބަރު
އެއަރޕޯޓުގައި ދަތުރުކުރާއިރު ޓްރެފިކް ޤަވާއިދުތަކާއި އެމްއޭސީއެލްގެ ރައްކާތެރިކަމުގެ މިންގަނޑަށް ޢަމަލުކުރައްވާ: އެމްއޭސިއެލް

ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގެ އާޓަރމިނަލް: ފޮޓޯ- ދަ ޕްރެސް

ފަރުދުން
03 އޯގަސްޓު 2025، 10:24
03 އޯގަސްޓު 2025، 10:24
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދަތުރުކުރާއިރު ޓްރެފިކް ޤަވާއިދުތަކާއި އެމްއޭސީއެލުން ކަނޑައަޅުއްވާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޢަމަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސިއެލުން އިލްތިމާސް ކުރައްވައިފިއެވެ.
އެމްއޭސީއެލުން "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، އެއާޕޯޓުގައި ދަތުރުކުރާއިރު އެ ކުންފުނިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށާއި ޓްރެފިކް ގަވާއިދުތަކަށް ޢަމަލުކުރުމަށް އަންގާފައެވެ. ހަމައެއާއެކު ދަތުރުކުރާއިރު ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ފަސިންޖަރުން ނުނެގުމަށާއި، އެސްޓޭޓް ސެކިއުރިޓީ އޮފިސަރުންގެ އިރުޝާދުތަކަށް ތަބާވުމަށްވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
When traveling through @VelanaAirport , we kindly request all parties to comply with traffic regulations and airport guidelines. For a safe and seamless experience, please follow the directions provided by our staff on duty. pic.twitter.com/TWh1yx7tXx
— Maldives Airports Company Ltd (@MACLmedia) August 2, 2025
އެމްއޭސީއެލުން ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމަކީ ވަރަށްބޮޑު އެދިލެއްވުމެއް ކަމުގައެވެ. ވެލާނާ އިންތަރނޭޝަންލް އެއަރޕޯޓުގެ އއު ޓަރމިނަލް ހުޅުވިގެން ދިއުމާއެކު ޓްރެފިކް ފްލޯއަށް ބަދަލުއައުމާއި، އެކި ކަންކަމުގައި އެއަރޕޯޓަށް ގޮސް އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންކަމުން މި ޤަވާއިދު ތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުން އެންމެންނަށްވެސް ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.