Ads by Stelco

ޚަބަރު

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވޭ، މިއަދު ވެސް މޫސުން ގޯސް

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވޭ، މިއަދު ވެސް މޫސުން ގޯސް

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ---

farudhun logo

ފަރުދުން

03 އޯގަސްޓު 2025، 08:18

03 އޯގަސްޓު 2025، 08:18

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭ ބޮޑު ބަޔަކަށް ނެރެފައިވާ ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަންމާލައިފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ މެންދުރު 12:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މޫސުން ވަރަށް ގޯސްވާނެއެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 



މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން