ކުޅިވަރު

ރާއްޖޭގެ ފެތުންތެރިން ފްރީސްޓައިލް މިކްސްޑް ރިލޭގެ ރެކޯޑު ވެސް އާކޮށްފި

ރާއްޖޭގެ ފެތުންތެރިން ފްރީސްޓައިލް މިކްސްޑް ރިލޭގެ ރެކޯޑު ވެސް އާކޮށްފި

ފްރީސްޓައިލް މިކްސްޑް ރިލޭ ޓީމުގައި ހިމެނުނު ފެތުންތެރިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 އޯގަސްޓު 2025، 07:00

03 އޯގަސްޓު 2025، 07:00

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް ފްރީސްޓައިލް އިވެންޓުގެ ލޯންގކޯސް ޤައުމީ ރެކޯރޑް އާކޮށްފިއެވެ. 

ރާއްޖޭގެ ފެތުންތެރިން މި ރެކޯޑޫ އާކޮށްފައިވަނީ 04:04.21 އިން ރޭސް ނިންމައިގެންނެވެ. 

މި ރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, މިރާލް ޢައިން ލަތީފް، މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ރިޙާން ޝިހާމްއެވެ. 

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ، 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި، 04.12.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެ ފަހަރުގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނުނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، ޢާއިޝަތު ޢުލްޔާ ޝާއިޤް، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދުއެވެ.

މިހާރު ކުރިޔަށްދާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މީގެ އިތުރުން ވެސް 7 ޤައުމީ ރެކޯޑެއް ވަނީ އާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 1 ރިލޭ އާއި 6 އިންޑިވިޖުއަލް ރެކޯޑެވެ.

މި މުބާރާތުގައި އާކުރި ޤައުމީ ރެކޯޑުތައް:

  • އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓު
  • އަންހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓު
  • ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓު
  • ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓު
  • ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓު
  • އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓު
  • ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓު

Ads by MSS

މި ލިޔުން ކިޔާލުމުން