Ads by Stelco

ޚަބަރު

ރައީސްއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސްއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސްއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން ހައްޔަރުކުރި ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާ---

farudhun logo

ފަރުދުން

01 އޯގަސްޓު 2025، 11:09

01 އޯގަސްޓު 2025، 11:09

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މަރުގެ އިންޒާރު ދިން ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ސޯޝަލް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން މަސީޙު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. 

ރައީސް މުޢިއްޒުއަށް މަސީޙް މަރުގެ އިންޒާރު ދީފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ހާމަކުރެއްވުމުންނެވެ.

އޮންލައިން މީޑިއާއެއްގައި ލިޔެފައި އޮތް އެ ޚަބަރު، އެ ނޫހުގެ ފަރާތުން ސޯޝަލް މީޑިއާގައި ޙިއްސާކުރުމުން، އެ ޚަބަރު ޝެއާރ ކުރުމަށްފަހު މަސީޙް ލިޔެފައި ވަނީ އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުޢިއްޒު ކަމަށެވެ. 

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން