Ads by Stelco

ޚަބަރު

ކަނޑު ބޯޓަކުން މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ކަނޑު ބޯޓަކުން މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ޕެކެޓުތައް، ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

01 އޯގަސްޓު 2025، 03:58

01 އޯގަސްޓު 2025، 03:58

ކަނޑު ބޯޓަކުން ލ. މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެކެވެ. 

ފުލުހުންގެ އޮޕަރޭޝަނާ ގުޅިގެން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލާފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނުގައި 82 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން