ކުޅިވަރު

ފެތުމުގެ ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފި

ފެތުމުގެ ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފި

މުޙައްމަދު އާން ޙުސައިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 އޯގަސްޓު 2025، 03:03

01 އޯގަސްޓު 2025، 03:03

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. 

އާން މި ރެކޯޑު އާކޮށްފައިވަނީ 00:23.81 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް އާންއެވެ. އެއީ މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ޕެރިސް 2024 އޮލިމްޕިކް ގޭމްސްގައި 00:24.22 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މީގެ އިތުރުން ވެސް 6 ޤައުމީ ރެކޯޑެއް ވަނީ އާކޮށްފައެވެ.

މި މުބާރާތުގައި އާކުރި ޤައުމީ ރެކޯޑުތައް:

  • އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓު
  • އަންހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓު
  • ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓު
  • ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓު
  • ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓު
  • އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓު

މި މުބާރާތް ކުރިޔަށްދާނީ އޯގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން