ކުޅިވަރު

ފެތުމުގެ އިތުރު ދެ އިވެންޓަކުން ޤައުމީ ރެކޯޑު އާކޮށްފި

ފެތުމުގެ އިތުރު ދެ އިވެންޓަކުން ޤައުމީ ރެކޯޑު އާކޮށްފި

ފެތުމުގެ ޤައުމީ ރެކޯޑު އާކުރި އެތުލީޓުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޖުލައި 2025، 09:04

30 ޖުލައި 2025، 09:04

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އިތުރު ދެ އިވެންޓަކުން ޤައުމީ ރެކޯޑު އައުކޮށްފިއެވެ. 

އެންމެ ފަހުން އާކޮށްފައި މިވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުންނާއި، ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ.

މީގެތެރެއިން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކުރީ ކުރިން އެ ރެކޯޑު އޮތް މުޙައްމަދު އާން ޙުސައިންއެވެ. އޭނާ ރެކޯޑު އާކޮށްފައިވަނީ 00:53.80 އިން ރޭސް ނިންމައިގެންނެވެ. ކުރިން އޭނާ މި ރެކޯޑު އާކުރީ މިދިޔަ އަހަރު ބޭއްވި 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00.54.46 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

ދެން އައުކުރި ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓު ނިންމާފައިވަނީ 04:40.23 އިން ރޭސް ނިންމައިގެންނެވެ. މި ރޭހުގައި ރާއްޖޭގެ ޓީމުގައި ހިމެނުނީ އަމްނާ ތަޒްކިޔާ މިރުޞާދު, މުޙައްމަދު އާން ޙުސައިން, މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފްއެވެ. 

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 04:41.83 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރުގެ ދިވެހި ޓީމުގައި ހިމެނުނީ، ހަމްނާ އަޙްމަދު، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިޤްއެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2025ގައި އިތުރު 3 ރެކޯޑެއް ވެސް މިހާތަނަށް ވަނީ އާކޮށްފައެވެ. އެއީ އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓާއި، އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓާއި އަދި ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން