ކުޅިވަރު

ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގެ ކޮލިފައިން މުބާރާތް މިއަދު ފަށަނީ

ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގެ ކޮލިފައިން މުބާރާތް މިއަދު ފަށަނީ

ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގެ ކޮލިފައިން މުބާރާތުގައި ވާދަކުރުމަށް ދިޔަ ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު، ފޮޓޯ: ޓީޓީ އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޖުލައި 2025، 09:18

30 ޖުލައި 2025، 09:18

2026ވަނަ އަހަރު އޮންނަ ވޯލްޑް ޓީމް ޓީޓީ ޗެމްޕިއަންޝިޕްގެ ސީނިއާރ މެންސް/ވިމެންސް ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތް މިއަދު ފަށާނެއެވެ. 

މިއަދާއި މާދަމާ ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމު ވާދަކުރާއިރު، ކޮންމެ ޓީމަކުން ޖުމްލަ 4 މެޗެއް ކުޅެން ޖެހޭނެއެވެ. އެގޮތުން މިއަދު ކުޅޭ މެޗުތަކުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް ބައްދަލުކުރާނީ ބަނގުލަދޭޝް އަދި ނޭޕާލްއާއެވެ.

މި މުބާރާތުގައި ވާދަކުރަމަށް ރާއްޖޭގެ ޓީމުތަކުން ނޭޕާލްގެ ކަތުމަންޑޫއަށް ފުރީ މި މަހުގެ 26 ވަނަ ދުވަހެވެ. 

މި މުބާރާތަށް ރާއްޖޭގެ ޓީމުތަކުން ދިޔައީ އީރާނުގެ ތަޖުރިބާކާރު ކޯޗު މަހުދީ ހޯޝްމަރަމްގެ އިރުޝާދުގެ ދަށުން ގިނަ ފަރިތަކުރުންތަކެއް ބޭއްވުމަށްފަހުއެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ މިހާރު ރާއްޖޭގެ ޓޭބަލްޓެނިހުގައި އެންމެ ފާހަގަކޮށްލެވޭ އުންމީދީ ކުޅުންތެރިންނެވެ.

އެގޮތުން ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒެވެ. 

ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ޝައްފާން އިސްމާޢީލް، އަހުޔާރު އަޙުމަދު ޚާލިދު އަދި މުޙައްމަދު ޒީސްތު ނަސީމެވެ. ޓީމުގެ މެނޭޖަރަކީ އަހުމަދު ޝާޒިލެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން