ކުޅިވަރު

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ފުރައިފި

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ފުރައިފި

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމު---

farudhun logo

ފަރުދުން

30 ޖުލައި 2025، 07:55

30 ޖުލައި 2025، 07:55

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ސާރފިން ޓީމް އިންޑިއާއަށް ފުރައިފިއެވެ.

އޯގަސްޓު 3 އިން 12 އަށް ކުރިޔަށްދާ މި މުބާރާތަށް ދިޔަ ރާއްޖޭގެ ޤައުމީ ޓީމުގައި އަންހެން އެތުލީޓުންނާއި ޖޫނިއަރ އެތުލީޓުން ހިމެނެއެވެ. އެހެންކަމުން މިއީ މި ދެ ކެޓަގަރީއިން އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތަށް ފުރި ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ. އެއީ 3  ފިރިހެން އެތުލީޓުންނާއި، 3 އަންހެން އެތުލީޓުން އަދި 3 ޖޫނިއަރ އެތުލީޓުންނެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ ތައިލެންޑުގައެވެ. އޭގެ ފަހުން ޖެހިޖެހިގެން ދެ މުބާރާތް ރާއްޖޭގައި ބޭއްވުމަށްފަހު، މި ފަހަރުގެ މުބާރާތް މި ބާއްވަނީ އިންޑިއާގައެވެ. 

ސާރފިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާއެކު، ދިވެހި ސާރފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެއެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ ކަމެއްކަމުގައި އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން