Ads by Stelco

ޚަބަރު

ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސިވިލް ސާރވިސް ކޮމިޝަންގެ ބައްދަލުވުމެއް، ފޮޓޯ: ސިވިލް ސާރވިސް ކޮމިޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޖުލައި 2025، 08:12

29 ޖުލައި 2025، 08:12

ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީކަމަށް ވަނީ ހާމަކޮށްފައެވެ.

މިއަދު ހުޅުވާލި މި ފުރުސަތުގެ ދަށުން 2025  އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް، މި މަޤާމަށް އެދި ހުށަހެޅޭނެއެވެ. 

ސިވިލް ސާރވިސްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން ފެށިގެން 12:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

މި މަޤާމަށް އެދި ހުށަހެޅުމުގެ ފުރުސަތު 2025 ޖުލައި 6ގައި ވެސް ހުޅުވާލާފައިވެއެވެ. ނަމަވެސް އެ ފުރުސަތު އަލުން މި ހުޅުވާލީ ކޮން ސަބަބަކާ ހުރެކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން