ކުޅިވަރު

ޓީ20 ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ސީބީއެލް ބަލިކޮށް މިލާނުން ހޯދައިފި

ޓީ20 ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ސީބީއެލް ބަލިކޮށް މިލާނުން ހޯދައިފި

މިލާން ކްރިކެޓް އެކެޑަމީން ތަށި އުފުލާލުން---

farudhun logo

ފަރުދުން

27 ޖުލައި 2025، 09:09

27 ޖުލައި 2025، 09:09

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓީ20 ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން، ސީބީއެލް ބަލިކޮށް މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކްރިކެޓް ދަނޑުގައި ކުޅުނު މި ފައިނަލު މެޗު މިލާނުން ކާމިޔާބުކުރީ ތިން ވިކެޓުންނެވެ. 

ޓޮސް ދިމާވުމުން ސީބީއެލް ނިންމީ ކުޅެން އެރުމަށެވެ. އެ ޓީމަށް 20 އޯވަރުން 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 66 ލަނޑު ހެދި ޕިޔާލާ ކުމާރާ ވިޖޭސިންހައެވެ. މި އިނިންގްސްގަ މިލާންގެ އަހުމަދު އަމީލް ވަނީ ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި މިލާން ކުޅެންއަރާ 20 ވަނަ އޯވަރުގައި 7 ކުޅުންތެރިން ނުބައިވެގެން 178 ލަނޑުހަދާ މެޗު ކާމިޔާބު ކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 62 ލަނޑު ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒިޔާންއެވެ.

މި މެޗުގައި މިލާންގެ ލީމް ސަފީގް ވެސް މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އޭނާ އުކި 24 ބޯޅައިން ސީބީއެލްއަށް ހެދުނީ 25 ލަނޑެވެ. މީގެ އިތުރުން، ކުޅެން އަރައި 9 ބޯޅައިން 19 ލަނޑު ވެސް އޭނާ ވަނީ ހަދާފައެވެ.

ފައިނަލް މެޗާއެކު މިލާނުން ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފައެވެ. 

މުބާރާތުގައި ހުކުރު ދުވަހު މެންދުރު ކުޅުނު މެޗުން އޮފް އެފްސީއާއި ބައްދަލުކޮށް 101 ލަނޑުން މޮޅުވީ މާލޭ ސްޕޯރޓްސް ކްލެބެވެ. މި މޮޅާއެކު މާލެ ސްޕޯޓްސް ކުލަބުން ވަނީ ގައުމީ މުބާރާތުން ޖާގަހޯދާފައެވެ.

ޕްރެޒިޑެންޓްސް ކަޕުން ދެން ޖާގަ ހޯދީ ލީގު ޗެމްޕިއަން މިލާން އާއި ދެވަނަ ހޯދީ ސީބީއެލްގެ އިތުރުން ނިއުސްޓާރއެވެ.

ފައިނަލު މެޗަށްފަހު ލީގު ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ކުރީގެ ކްރިކެޓް ބޯރޑުގެ ރައީސް އަލްފާޝިލް އަހުމަދު ހަސަން ދީދީއެވެ. މީގެ އިތުރުން ރައީސް މުހަންމަދު ފައިސަލް، ނާއިބު ރައީސް އަހުމަދު އިސްހާގާއި ބައެއް މެމްބަރުން ބައިވެރިވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން