Ads by Stelco

ޚަބަރު

ރައީސް މުޢިއްޒާއި ބޮޑުވަޒީރު މޯދީ ދިފާއީ ވުޒާރާގެ "ދޮށިމޭނާ" އިމާރާތް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒާއި ބޮޑުވަޒީރު މޯދީ ދިފާއީ ވުޒާރާގެ "ދޮށިމޭނާ" އިމާރާތް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު އަދި ބޮޑުވަޒީރު މޯދީ ދިފާޢީ ވުޒާރާގެ "ދޮށިމޭނާ" ޢިމާރާތް ހުޅުވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖުލައި 2025، 10:47

25 ޖުލައި 2025، 10:47

ދިފާއީ ވުޒާރާގެ 10 ބުރީގެ އައު އިމާރާތް "ދޮށިމޭނާ" އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ދެ ބޭފުޅުންވެސް ވަނީ އެ އިމާރާތުގެ މޮޑެލް ބައްލަވާލައްވާ، އިމާރާތުން ދެވޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި 10 ފަންގިފިލާގެ އިމާރާތުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތްތަކެވެ.

ކޯސްޓްގާޑަކީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އުފެދުނު ޚިދުމަތެކެވެ. މިހާރު 45 އަހަރު ފުރިފައިވާ މި ޚިދުމަތުގެ މައިގަނޑު ޒިންމާއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބަލަހައްޓާ ހިމާޔަތްކުރުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ހިމާޔަތްކުރުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި މުދާ ސަލާމަތްކުރުން ހިމެނެއެވެ.

ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" ގެ ނަމުގައި ޚާއްސަ ފޯސްއެއްވެސް ވަނީ އުފައްދާފައެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަންތައް ރާވައި ހިންގަނީ ރާއްޖޭގެ ސަރަޙައްދު ހަތަރު ސަރަޙައްދަކަށް ބަހާލައިގެންނެވެ. މި ހަތަރު އޭރިއާގައިވެސް އޮޕަރޭޝަނަލް ކޮމާންޑްތަކެއް ޤާއިމުކޮށް، ކޯސްޓްގާޑު ސްކޮޑްރަންތައް މިހާރު ވަނީ އުފައްދާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ރާއްޖޭން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ސާޗް އެންޑް ރެސްކިޔު ޚިދުމަތް ދިނުމަށް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއްވެސް ޤާއިމުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން