Ads by Stelco

ޚަބަރު

އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްލަ 19 ސަރަޙައްދަކުން ހަވާ އަރުވާނެ

އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްލަ 19 ސަރަޙައްދަކުން ހަވާ އަރުވާނެ

މާލޭގެ ވަށައިގެން ހަވާއަރުވާ ސަރަޙައްދުތައް--

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2025، 08:32

25 ޖުލައި 2025، 08:32

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމަށް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ރަސްމިއްޔާތުގައި ޖުމްލަ 19 ސަރަޙައްދަކުން ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ. 

އެމްއެންޑީއެފްއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 19 ސަރަޙައްދުގެ ތެރޭގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަޙައްދަކާއި އެއާރޕޯޓު ކައިރީގެ 3 ސަރަޙައްދެއް ހިމެނެއެވެ. 

އެއާރޕޯޓު ކައިރިން ހަވާ އަރުވާނީ، އައު ޓާރމިނަލް ކުރިމައްޗަށްވާގޮތަށް، މޫދުގައެވެ. 

އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްލަ 19 ސަރަޙައްދަކުން ހަވާ އަރުވާނެ

އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެއާރޕޯޓު ކައިރިން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް---

އަދި މާލޭގެ ވަށައިގެން ހަވާ އަރުވާ ސަރަޙައްދުތައް ތިލަފުށި ފަހަނައަޅާދެއެވެ. އަނެއްކޮޅުން މި ސަރަޙައްދުތައް ހުޅުމާލެ ފޭސް-3ގެ ބޭރުން ވަނީ ވަށާލާފައެވެ.

ހަވާއަރުވަން ފަށާނީ މާދަމާރޭގެ 8:30 ގައެވެ. އަދި އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި 6 މިނެޓު ވަންދެން ހަވާއެރުވުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން