Ads by Stelco

ޚަބަރު

އައިޑީކާޑުގެ ޚިދުމަތް ވިލުފުށީގައި އިފްތިތާޙުކޮށްފި

އައިޑީކާޑުގެ ޚިދުމަތް ވިލުފުށީގައި އިފްތިތާޙުކޮށްފި

އައިޑީ ކާޑުގެ ޚިދުމަތް ތ. ވިލުފުށިން ފެށުން، ފޮޓޯ: ޑީއެންއާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2025، 04:34

25 ޖުލައި 2025، 04:34

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވިލުފުށީގައި އިފްތިތާޙުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ހާމަކޮށްފައިވާ ގޮތުގައި، އައިޑީ ކާޑުގެ ޚިދުމަތް މިހާރު ތ. ވިލުފުށީގައި ތިބެގެން ރައްޔިތުންނަށް ހޯދޭނެއެވެ. 

އައިޑީ ކާޑު ޗާޕުކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށާފައިވާއިރު، މިއީ އެ އަތޮޅުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭން ފެށި ދެވަނަ ރަށެވެ.



ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ޑީއެންއާރުން ހާމަކޮށްފައިވާ ގޮތުގައި މިހާރު 27 ރަށެއްގައި މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

ޑީއެންއާރުން އެހެން ހާމަކޮށްފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި ވަޢުދު ފުއްދެވުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށާފައެވެ. 

މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން ހާމަކުރެއެވެ. މި ޚިދުމަތް ރާއްޖެއިން ބޭރުން އަދި ހަމައެކަނި ދެމުން އަންނަނީ މެލޭޝިއަގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން