Ads by Stelco

ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

އިންޑިއާގެ ބޮޑު ވަޒީރަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް މާލެއިން ރަސްމީކޮށް މަރުޙަބާ ކިޔުން. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖުލައި 2025، 03:34

25 ޖުލައި 2025، 03:34

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. 

ބޮޑުވަޒީރު މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުން އެ މަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް މަރުހަބާ ދެންނެވުމުގައި ބައިވެރިވިއެވެ. ބޮޑުވަޒީރު މޯދީއަށް މަރުޙަބާ ދެންނެވުމަށް ދިވެހި ދިފާއީ ބާރުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވައިފައެވެ. އަދި ސްކޫލްކުދިންގެ މަރުޙަބާގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

ބޮޑުވަޒީރު މޯދީއަށް މަރުޙަބާ ދެންނެވުމަށް ބޭއްވުނު ޚާއްޞަ ހަރަކާތްތަކަށްފަހު ޝަރަފުވެރިކަމާއެކު އެ މަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަންނަވާފައެވެ. 

އަދި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމާއި އަދިވެސް ބައެއް އިތުރު ކަންކަމަށްފަހު ދެ ލީޑަރުން އެކުގައި ބާއްވާ މީޑިއާ ބްރީފިންގ އެއް ކުރިއަށްގެންދަވާނެއެެވެ. 

ރާއްޖެ އާއި އިންޑިއާ އާއި ޚާރިޖީ ގުޅުން ބަދަހިކުރިތާ 60 އަހަރުވުން ފާހަގަ ކުރެވެމުންދާ މި ދަނޑިވަޅުގައި ބޮޑުވަޒީރު މޯދީ މިވަގުތު ރާއްޖެއަށް ޒިޔާރަތްކުރެވުން ފާހަގަކުރެވިގެންދަނީ ތާރީޚީ ކަމެއްގެ ގޮތުގައެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެ މަނިކުފާނު ވެސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން