ކުޅިވަރު
އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމު ފުރައިފި

އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ފެތުންތެރިން، ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ފަރުދުން
25 ޖުލައި 2025، 08:22
25 ޖުލައި 2025، 08:22
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ފެތުންތެރިންގެ ޓީމު ސިންގަޕޫރަށް ފުރައިފިއެވެ.
މި މުބާރާތް ކުރިޔަށްދަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޯގަސްޓު 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދިވެހި ފެތުންތެރިން ވާދަކުރާ އިވެންޓު ކުރިޔަށްދާނީ ޖުލައި 27 ވަނަ ދުވަހުން ފެށިގެންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އަމްނާ ތަޒްކިޔާ މިރުޞާދު، އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި މިރާލް ޢައިން ލަޠީފެވެ.
މި ހުރިހާ ފެތުންތެރިންނަކީ ފެތުމުގައި އެކި އިވެންޓުތަކުން ރިކޯޑު ހަދާފައިވާ ފަރާތްތަކެވެ. އަދި މީގެ ތެރެއިން މި އަހަރުގެ މިހާތަނަށް ހަމައެކަނި އައުކޮށްފައިވަނީ ހަންގޭރީގެ ނޭޝަނަލް ޗެމްޕިއަންޝިޕްގައި މުޙައްމަދު އާން ޙުސެއިން އައުކުރި، ލޯންގް ކޯސް ބަޓާރފްލައިގެ 50 މީޓަރު ރޭހެވެ.