Ads by Stelco

ޚަބަރު

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ވެސް ބާއްވާނެ

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ވެސް ބާއްވާނެ

މިދިޔަ އަހަރު ބޭއްވި މިނިވަންދުވަހުގެ ޕެރޭޑު، ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ޖުލައި 2025، 08:47

24 ޖުލައި 2025، 08:47

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހާމަކޮށްފިއެވެ. 

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން މާލޭ ސަރަޙައްދުގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26ވަނަ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައެވެ. 

މީގެ އިތުރުން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27ވަނަ ދުވަހުގެ ހަވީރު 16:15ގައިކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ. 

އެމްއެންޑީއެފްގެ މަގުމަތީ ހަރަކާތާ ގުޅޭ މަޢުލޫމާތު ޙިއްސާކުރަމުން ހާމަކުރީ، އެ ހިނގާލުމުގައި މިލިޓަރީ ބޭންޑާއެކު ފަސް ގެމައެއް ހިމެނޭނެކަމަށެވެ. އަދި މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މާލޭގައި އޮންނަ އެމްއެންޑީއެފްގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ވެލާނާގެ ކަންމަތިންނެވެ. މި ލަޝްކަރު 5 ސަރަޙައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި އަދި ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމައްޗެވެ. މި ސަރަޙައްދުތަކުގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައި ވެއެވެ. 

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ވެސް ބާއްވާނެ

މިނިވަން ދުވަހުގެ ޕެރޭޑު 2025

އަދި ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ. 

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން