ކުޅިވަރު

ކަޒަކިސްތާނުގެ ޒައިކުން ކާވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ކަޒަކިސްތާނުގެ ޒައިކުން ކާވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ކަޒަކިސްތާނުގެ ޒައިކުން ކާވާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

24 ޖުލައި 2025، 10:16

24 ޖުލައި 2025، 10:16

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޓީމުތައް ހިމެނޭހެން ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)އިން މާލޭގައި ބޭއްވި އެ އެސޯސިއޭޝަންގެ ޗެމްޕިއަންސް ލީގު ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގައި ޒައިކުން ބައްދަލުކުރީ ކިރްގިސްތާނުގެ ބިޝްކެކްއާއެވެ. އެ މެޗު ޒައިކްއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މާލެ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި ވާދަވެރި ފައިނަލް މެޗުގައި ދެ ޓީމުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 26-24 ޕޮއިންޓުން ކާމިޔާބު ކުރީ ޒައިކްއެވެ. ދެވަނަ ސެޓު 25-21 ޕޮއިންޓުން ޒައިކް ކާމިޔާބުކުރި އިރު ތިންވަނަ ސެޓުގައި ކިރްގިސްތާނު ޓީމުން ކުޅުން ރަނގަޅުކޮށް 25-20 ޕޮއިންޓުން ސެޓު ގެންދިޔައެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ޒައިކްގެ ކުޅުން ރަނގަޅުކޮށް 25-22 ޕޮއިންޓުން ވަނީ ސެޓް ކާމިޔާބުކޮށްފައެވެ.

މި މުބާރާތް ކާމިޔާބުކުރުމުން ކަޒަކިސްތާނުގެ ޒައިކަށް ވަނީ ކުރިޔަށް އޮތް އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަންގެ، އޭވީސީ ޗެމްޕިއަންޝިޕުގެ ޖާގަ ލިބިފައެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއެވެ. 

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަޒަކިސްތާނުގެ ވިޓަލީ އެރްޑްޝްޓެއިންއެވެ.

ކާވާ ޗެމްޕިއަންސް ލީގުގެ ޑްރީމް ޓީމް:

  • ބެސްޓް އައުޓްސައިޑް ހިޓާ: ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުގެ މުރާދު ޖެހާން
  • ބެސްޓް އައުޓް ސައިޑް ހިޓާ: ޒައިކްގެ އޮމުރްބެކް ޒުނޫސޮވް
  • ބެސްޓް މިޑްލް ބްލޮކަރ: ޒައިކްގެ ޕްރޮކޯފިން ވްލަޑިމިއާ
  • ބެސްޓް މިޑްލް ބްލޮކަރ: ބިޝްކެކްގެ ނުރިސްލާމް މެޑެޓްބެކް އުލޫ
  • ބެސްޓް ސެޓަރ: ޒައިކްގެ ވޮލޮޑިމީރް ކޮވަލްޗުކް
  • ބެސްޓް ލިބަރޯ: ހެލްޕް ނޭޕާލްގެ ސަންތޯޝް ރާއީ
  • އެންމެ މޮޅު ކުޅުންތެރިޔާ: ޒައިކްގެ ވިޓަލީ އެރްޑްޝްޓެއިން
  • އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔާ: ޒައިކްގެ ވިޓަލީ އެރްޑްޝްޓެއިން

މުބާރާތުގައި ރާއްޖެއިން ވާދަކުރީ ޤައުމީ މުބާރާތުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ގައުމީ މުބާރާތުގެ ރަނަރަޕް ކުލަބު އެޗްޑިސީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން