Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ވެލިދޫގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވެލިދޫގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވެލިދޫގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޖުލައި 2025، 09:11

23 ޖުލައި 2025، 09:11

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހު ރަށަކަށް އެ އަތޮޅު ވެލިދޫއަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ވެލިދޫ ކައުންސިލް އިދާރާގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވި މި ފުރުސަތުގައި ކައުންސިލް އިދާރާގެ ފަރާތުން ވަނީ އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ގިނަ ކަންތައްތަކެއް އެ މަނިކުފާނާ ޙިއްސާކުރައްވާފައެވެ.

ވެލިދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތައް:

  • ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުން.
  • ރަށު ރައްޔިތުން ޕިކްނިކް ދިއުންފަދަ ބޭނުންތަކަށް ފަޅުރަށެއް ހަމަޖެއްސެވުން.
  • ކުޅިވަރު ކުޅުމަށް އެކަށޭނާ ދަނޑުތައް ނެތުން.
  • ރަށުގެ މަގު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުން.
  • ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލިކޮށްދެއްވުން.
  • އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުލިބި ހުރުމުން  ދަތިތަކާ ކުރިމަތިލާންޖެހުން.
  • ވެލިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުން.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން