ކުޅިވަރު
ކާވާ ޗެމްޕިއަންސް ލީގު: ދިވެހި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބު ކުރީ ސިފައިން

ކާވާ ޗެމްޕިއަންސް ލީގުގައި ސިފައިންނާއި އެޗްޑީސީ ބައްދަލުކުރި މެޗު---

ފަރުދުން
23 ޖުލައި 2025، 09:47
23 ޖުލައި 2025، 09:47
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ދެ ޓީމު ބައްދަލުކުރި މެޗު ދިވެހިން ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާއާއެކު ލީގު ބުރުގެ ފަސްވަނަ ސިފައިންނަށް ލިބުނުއިރު، އެޗްޑީސީ މުބާރާތް ނިންމާލަން ޖެހުނީ ލީގު ބުރުގެ އެންމެ ފުލުހުންނެވެ.
ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗު ވާދެވެރި ކުޅުމަކަށް ފަހު ސިފައިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ސިފައިން 25-22 ޕޮއިންޓުން ކާމިޔާބުކުރިއިރު، ޖެހިގެންއައި ސެޓު އެޗްޑީސީ ކާމިޔާބު ކުރީ 25-23 ޕޮއިންޓުންނެވެ.
މެޗުގެ ތިންވަނަ ސެޓު އަނެއްކާވެސް ސިފައިންގެ ޓީމުން ގެންދިޔައީ 25-19 ޕޮއިންޓުންނެވެ. ހަމަ މި ނަތީޖާއިން ޖެހިގެން އައި ސެޓު އެޗްޑީސީން ކާމިޔާބު ކުރުމާއެކު މެޗުގެ ފޯރިގަދަވެގެން ދިޔައެވެ.
ނަތިޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދީ 16-14 އިންނެވެ.
މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ކިރިގިސްތާންގެ ބިޝްކެކް އާއި ކަޒަކިސްތާންގެ ޒައިކްއެވެ. ބިޝްކެކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ މުބާރާތުގައި މޮޅުވި ސެޓްގެ އަދަދު އިންސައްތައިން އިތުރުވެފަވާތީވެ. މި ދެޓީމު ކުޅޭ ފައިނަލް އޮންނީ މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.