Ads by Stelco

ޚަބަރު

ވެލިދޫ ކައިރީގައި އޮތް ފަޅުގައި އެއާރޕޯޓެއް އެޅުމުގެ މަސައްކަތް މިއަންނަ އަހަރު ފަށަނީ

ވެލިދޫ ކައިރީގައި އޮތް ފަޅުގައި އެއާރޕޯޓެއް އެޅުމުގެ މަސައްކަތް މިއަންނަ އަހަރު ފަށަނީ

ވިހަފަރު އެއާރޕޯޓުގެ މަސައްކަތް 2026ގައި ފަށަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2025، 11:40

22 ޖުލައި 2025، 11:40

ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅުގައި ޑޮމެސްޓިކް އެއާރޕޯޓެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މިންގަޑުތަކުގައިވެސް އެ ސަރަހައްދަށް އެއަރޕޯޓެއް އަންނަން ޖެހޭކަމަށެވެ. 

ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓުތައް ތަރައްޤީކުރުންކަމަށާއި، އެހެންކަމުން ވެލިދޫ ކައިރީގައި އޮންނަ ވިހަފަރ ފަޅުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މެދު އަދި ދުރު ރާސްތާގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، ނ. އަތޮޅުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށްވެސް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެސްއީޒެޑް ޕާމިޓެއްވެސް ޓައުންޝިޕް މަޝްރޫޢުއަކަށް ދީފައިވާތީ، އިޤްތިޞާދު ސިންދަފާތުވާއިރު އެއަރޕޯޓު ޤާއިމްވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 މުޅި އަތޮޅަށާއި ރާއްޖެއަށް ފައިދާވާނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާއި ގިނަވެގެން 2 އަހަރުތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން