Ads by Stelco

ޚަބަރު

ލޯން ސްކީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމަވައިފި

ލޯން ސްކީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމަވައިފި

އެމްއެންޔޫގެ ދަސްވެނިވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން / 31 އޮކްޓޯބަރ 2024، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2025، 07:50

22 ޖުލައި 2025، 07:50

ލޯން ސްކީމަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔެވުމަށް ބޭނުންވެގެން ލޯނު ސްކީމަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 806 ދަރިވަރަކު ޝަރުތު ފުރިހަމަވާ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، އެ ހުރިހާ ދަރިވަރުންނަށް ލޯނު ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިހާރު ވަނީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ. މި އަހަރު ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލާފައިވެއެވެ.

މި ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެގޮތަށެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން