ދުނިޔެ

ތޫފާން ވިފާ މިހާރު މިސްރާބު ޖަހައިފައިވަނީ ވިއެޓްނާމަށް، އެތޫފާނުގެ ސަަބަބުން ފިލިޕީންސްގައި އެތައްހާސް ބަޔަކު ގެދޮރު ގެއްލިފައި

ތޫފާން ވިފާ މިހާރު މިސްރާބު ޖަހައިފައިވަނީ ވިއެޓްނާމަށް، އެތޫފާނުގެ ސަަބަބުން ފިލިޕީންސްގައި އެތައްހާސް ބަޔަކު ގެދޮރު ގެއްލިފައި

ވިއްސާރައިގެ ސަބަބުން ފެންބޮޑުވި ސަރަހައްދަކުން މީހުން ސަލާމަތްކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖުލައި 2025، 03:39

22 ޖުލައި 2025، 03:39

ފިލިޕީންސްގައި ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ފަސް މީހުން މަރުވެ، އެތައްހާސް ބަޔަލު ގެދޮރު ގެއްލިފައިވަނިކޮށް، ތޫފާން ވިފާ ވަނީ ވިއެޓްނާމްގެ އުތުރު ސަރަހައްދުގެ އައްސޭރިފަށަށް މިސްރާބުޖަހައިފައެވެ.

ވިއެޓްނާމްގެ މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު 6:00 ގައި (ގްރިނިޗް ގަޑިން 23:00) ޓައިފޫން ވިފާ އޮތީ ހައިފޯންގ ސިޓީގެ އައްސޭރިފަށުން 60 ކިލޯމީޓަރު (37 މޭލު) ދުރުގައެވެ. މި ޓައިފޫންގައި ގަޑިއަކު 102 ކިލޯމީޓަރު (63 މޭލު) ގެ ވައި ޖެހެމުންދާއިރު، ގަޑިއަކު 15 ކިލޯމީޓަރު (9.3 މޭލު) ގެ ސްޕީޑުގައި ދަކުނު-ހުޅަނގަށް ދަތުރުކުރަމުންދެއެވެ.

މިހާތަނަށް އެއްވެސް ގެއްލުމެއް ނުވަތަ މަރެއް ރިޕޯޓުކޮށްފައި ނުވާއިރު، ވިއެޓްނާމްގެ 350،000 އަސްކަރީން ވަނީ ތައްޔާރީ ހާލަތުގައި ބޭތިއްބިފައެވެ. އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި 500 މިލިމީޓަރު (20 އިންޗި) އާ ހަމައަށް ވާރޭވެހި، ނުރައްކާތެރި ފެންބޮޑުވުމާއި ބިންހެލުން ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ވެރިރަށް ހަނޮއިގެ ދެކުނުގައި އޮންނަ ހަންގް ޔެން އަދި ނިންހް ބިންހް ޕްރޮވިންސްތަކަށް އަމާޒުވަމުންދާ މި ޓައިފޫން، އަންގާރަ ދުވަހުގެ ރޭ ވަރުގަދަކަން ކުޑަވެ، ދަށް ޕްރެޝަރެއްގެ ގޮތުގައި ބަދަލުވާނެ ކަމަށް ލަފާކުރެވެއެވެ.

ތޫފާން ވިފާގެ ސަބަބުން ވިއްސާރައިގެ ފެންބޮޑުވުމުގެ ސަބަބުން ފިލިޕީންސްގެ ވެރިރަށް މަނީލާގެ ދިރިއުޅުން އަންގާރަ ދުވަހު ހުއްޓުމަކަށް އައެވެ. އަދި ދިހަހާސް މީހުން އެމީހުންގެ ގެތަކުން ސަލާމަތްކުރެވި، މަދުވެގެން ދެމީހަކު ގެއްލިފައިވާކަމަށް ބެލެވެއެވެ. 

 ވިއްސާރައިގެ ސަބަބުން މަރިކީނާ ކޯރުގެ ފެންގަނޑުބޮޑުވުމުގެ ސަބަބުން މަނީލާ އަދި އެސަރަހައްދުގެ ޕްރޮވިންސްތަކުގައި ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވެއެވެ. ކޯރު ކައިރީގައި ދިރިއުޅޭ 23،000 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް، ސްކޫލްތަކާއި، ރަށު ހޯލްތައްފަދަ ތަންތަނުގައި ވަގުތީ ހިޔާވަހިކަން ހޯދައިފިއެވެ. އަދި މެޓްރޮޕޮލިޓަން އޭރިއާގެ ކުއެޒޯން އަދި ކަލޫކަން ސިޓީތަކުން އިތުރު 25،000 މީހުން ސަލާމަތްކުރެވުނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން