Ads by Stelco

ޚަބަރު

މިނިވަން 60 ލޯގޯގެ ފަރުމާވެރިޔާއާ ވަޒީރު ބައްދަލުކުރައްވައި ފައިސާގެ އިނާމު ހަވާލުކުރައްވައިފި

މިނިވަން 60 ލޯގޯގެ ފަރުމާވެރިޔާއާ ވަޒީރު ބައްދަލުކުރައްވައި ފައިސާގެ އިނާމު ހަވާލުކުރައްވައިފި

މިނިވަން 60 ލޯގޯގެ ފަރުމާވެރިޔާއާ ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 09:15

21 ޖުލައި 2025، 09:15

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ ޙާއްސަ މުނާސަބާއާ ގުޅިގެން ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުން އެއްވަނައަށްދިޔަ ލޯގޯގެ ފަރުމާވެރިޔާއާ ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު، އޮނަރަބަލް އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރައްވައި ފައިސާގެ އިނާމު ހަވާލުކުރައްވައިފިއެވެ.

ލޯގޯ ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި، ފަނޑިޔާރުން އެންމެ ރަނގަޅު ކަމަށް ހޮއްވެވި ލޯގޯގެ ފަރުމާވެރިޔަކީ ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާޙިމްއެވެ.

މި ޙާއްސަ މުނާސަބާގައި ބޭނުންކުރުމަށް ހުށަހެޅި ލޯގޯތަކުގެ ތެރެއިން އެންމެ ރަގަޅު ލޯގޯއެއް ހޮވީ، ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން އެކަމަށް ކަނޑައެޅި ފަނޑިޔާރުންގެ ޚާއްޞަ ޕެނަލަކުންނެވެ.

އެ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަރުހާދު އިބްރާޙިމްއަށް ފައިސާގެ އިނާމު ހަވާލުކުރެއްވީ ވެސް ވަޒީރުއެވެ. އެންމެ ރީތި ލޯގޯ ފަރުވާކުރެއްވި ފަރާތައް އިނާމެއްގެ ގޮތުން ހުށަހެޅުއްވީ 30،000 ރުފިޔާއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލާފައި ވަނީ 2025 ޖޫން 2 ވަނަ ދުވަހުއެވެ. އާންމުކޮށް ހުޅުވާލި މި ފުރުޞަތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވާ ގިނަ ލޯގޯތަކެއްވަނީ ހުށައަޅުއްވާފައެވެ. 

މި ލޯގޯ މި އަހަރުގެ ޖުލައި 26 ން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ .

Ads by MSS

މި ލިޔުން ކިޔާލުމުން