Ads by Stelco

ޚަބަރު

ބަނގުލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ބަނގުލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ބަނގުލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 08:25

21 ޖުލައި 2025، 08:25

ބަނގުލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ދަނާލެއްގެ މައްޗަށް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ޗީފް އެޑްވައިޒަރަށާއި، ސަރުކާރު އަދި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިމަތިވެފައިވާ ހިތާމައިގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާކަމަށެވެ. 



ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށް މި މަތިންދާބޯޓު ވެއްޓުނުއިރު، އެ ތަނުގައި އިމްތިހާނެއް ހަދަމުން ދިޔަ ކުދިންތަކަކާއި ކްލާސްތަކުގައި ކިޔަވަމުން ދިޔަ ކުދިން ތިއްބެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައެވެ. މީގެ އިތުރުން 164 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މީގެ ތެރޭގައި، ކުޑަކުދިން ހިމެނޭހެން 50 މީހަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ދެ ބުރިއަށް ހަދާފައި ހުރި މި އިމާރާތުގެ މައްޗަށް ވެއްޓިފައިވަނީ އެފް-7ގެ ޖެޓެކެވެ. އަދި މިއީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިނގި ހާދިސާއެއްކަމަށް ބަނގުލަދޭޝްފެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. 

މި ސްކޫލަށް ހާޒިރުވަނީ 4 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން