ކުޅިވަރު

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

ރާއްޖޭގެ 17 އަހަރުގެ ފުޓުބޯޅަ ޓީމު، ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 08:38

21 ޖުލައި 2025، 08:38

މި އަހަރުގެ ސެޕްޓެންބަރު މަހު 15 އިން 27 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ. 

މުބާރާތުގައި 7 ޤައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނޭ ގްރޫޕުގައި ހިމެނެނީ 4 ޓީމެވެ. އަދި އަނެއް ގްރޫޕުގައި ހިމެނެނީ 3 ޓީމެވެ.

އެގޮތުން ގްރޫޕް-އޭގައި މުބާރާތް ބާއްވާ ސްރީލަންކާއާއެކު ދެން ހިމެނެނީ ބަނގުލަދޭޝް އާއި ނޭޕާލްއެވެ.

އަދި ރާއްޖެ ހިމެނޭ ގްރޫޕް-ބީގައި އިންޑިއާގެ އިތުރުން ދެން ހިމެނެނީ، ޕާކިސްތާނާއި ބޫޓާންއެވެ. 

މި މުބާރާތުގައި 15 އަހަރުންދަށާއި، 16 އަހަރުންދަށުގެ ޓީމުތައް ވެސް ވާދަކުރާނެއެވެ. އެގޮތުން 17 އަހަރުން ދަށުގެ އުމުރުފުރާއާއެކު، މިއީ މިތިން އުމުރުފުރާ ހިމެނޭހެން ސާފުން އިންތިޒާމުކުރާ 10 ވަނަ މުބާރާތެވެ.

އޭއެފްސީ ކޮލިފައިންގެ ތާވަލަށް ބަލައިގެން މިމުބާރާތް ރާވާފަވާއިރު 17 އަހަރުންދަށުގެ އުމުރުފުރާ ހިމެނޭހެން ބާއްވާ މިއީ 3 ވަނަ މުބާރާތެވެ. މީގެ ކުރިން ނިމުނު ދެ މުބާރާތްވެސް އިންޑިއާއިން ކާމިޔާބުކޮށްފަވާއިރު، އެ އަހަރު ރާއްޖޭގެ ޓީމު ހިމެނުނީ އިންޑިއާ އަދި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ.

ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުތައް އަންނަނީ ބައިނަލްއަޤުވާމީ މައިދާނުގައި ތަފާތު ގިނަ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން 2023 ވަނަ އަހަރު ބޫޓާނުގައި ކުރިއަށްދިޔަ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެއިން ކުޅެފަވާއިރު، މި އަހަރު ކުރިއަށްދިޔަ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ސެމީ ފައިނަލުގައި ވާދަކޮށްފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން