Ads by Stelco

ޚަބަރު

އޭޖީ އޮފީހުގެ އައު އިމާރާތުގެ ސްޓްރަކްޗަރގެ ބޮޑު ބައެއް ނިމިއްޖެ

އޭޖީ އޮފީހުގެ އައު އިމާރާތުގެ ސްޓްރަކްޗަރގެ ބޮޑު ބައެއް ނިމިއްޖެ

އޭޖީ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2025، 09:40

20 ޖުލައި 2025، 09:40

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ސްޓްރަކްޗަރގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކޮންޓްރެކްޓުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، 6 ބުރީގެ މި އިމާރާތުގެ 5 ޝީޓުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ 4 ވަނަ ފަންގިފިލާގެ ޑީއީ ޝަޓަރިންގ މަސައްކަތްތަކާއި 5 ވަނަ ފަންގިފިލާގެ ކޮލަމް ރިއިންފޯސްމަންޓްގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މުޅި މަޝްރޫޢުގެ 35 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. 



އެމްޓީސީސީއާ 2022 ވަނަ އަހަރު ހަވާލުކުރި މި އިމާރާތަކީ 730 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ މި ޢިމާރާތަކީ، 17،426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެއް ކަމަށެވެ. 6 ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ އަގަކީ 138.67 މިލިއަން ރުފިޔާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން