Ads by Stelco

ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ، ފަރުވާއަށްފަހު ދޫކޮށްލައިފި

އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ، ފަރުވާއަށްފަހު ދޫކޮށްލައިފި

އެކްސިޑެންޓު ހިނގި ސަރަޚައްދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 12:08

20 ޖުލައި 2025، 12:08

މާލޭގައި ޖުލައި 13ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ، ފަރުވާއަށްފަހު ދޫކޮށްލައިފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެއެވެ. މިއެކްސިޑެންޓުގައި ޒަޚަމްވި 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވީ ނަމަވެސް، އޭނާއަށް އަދިވެސް ފަރުވާދެމުން ގެންދަނީ އައިސީޔޫގައެވެ.

އައިޖީއެމްއެޗުން އިއްޔެ މި މައުލޫމާތު ހާމަކުރެއްވިއިރު، އެކްސިޑެންޓު ހިނގާފައިވަނީ ޖުލައި 13ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކުރިމަތިން ކަފިހި ހުރަސްކައިރިންނެވެ. މިގޮތުން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެވަގުތު އެތަނުންދިޔަ ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ހަމައެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގައި މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތަކީ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ 40 އަހަރުގެ ފިރިހެން މީހާއެވެ. އަދި ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން