ޚަބަރު
ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، އޮނަރަބަލް މުޙައްމަދު ސަޢީދު---

ފަރުދުން
20 ޖުލައި 2025، 09:34
20 ޖުލައި 2025، 09:34
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީރުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ. ތުރާކުނު، އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.
އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން." ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ވެއެވެ.
ވަޒީރު ސަޢީދުގެ ބައްޕާފުޅު، ސަޢީދު ޢަބްދުالله އަކީ ހއ. ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާއަކީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.