ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ތިންވަނަ މެޗުން ވެސް އެޗްޑީސީ ބަލިވެއްޖެ

ކާވާ ޗެމްޕިއަންސް ލީގު: ތިންވަނަ މެޗުން ވެސް އެޗްޑީސީ ބަލިވެއްޖެ

ކްލަބް އެޗްޑީސީ އާއި ަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކްލަބު ބައްދަލުކުރި މެޗު، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2025، 07:53

20 ޖުލައި 2025، 07:53

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގު 2025ގައި ކްލަބް އެޗްޑީސީއިން ކުޅުނު ތިންވަނަ މެޗުން ވެސް އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ތިންވަނަ މެޗުގައި އެޗްޑީސީއިން ބައްދަލުކުރީ ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކްލަބާ ދެކޮޅަށެވެ.  އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޒައިކް ވޮލީބޯލް ކްލަބުންނެވެ. 

އެޗްޑީސީގެ މައްޗަށް ޒައިކް ވޮލީބޯލް ކްލަބުން ކާމިޔާބުކުރި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-11، 25-22 އަދި 25-13 ޕޮއިންޓުންނެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީއިން ބައްދަލުކުރީ ކިރްގިސްތާން ބިޝްކެކްއާ ދެކޮޅަށެވެ. އެ މެޗު ބިޝްކެކްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން، 27-25، 26-24 އަދި 25-20 ޕޮއިންޓުންނެވެ. 

އަދި ދެވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާ ބައްދަލުކުރި މެޗު، އެ ޓީމުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 25-19 އަދި 25-23 ޕޮއިންޓުންނެވެ. އަދި ތިންވަނަ ސެޓުގައި އެޗްޑީސީން ކުޅުން ރަނގަޅުކޮށް އެ ސެޓު 25-19 ޕޮއިންޓުން ކާމިޔާބުކުރި ނަމަވެސް ފަހު ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ، 25-22  ޕޮއިންޓުންނެވެ. 

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން