Ads by Stelco

ޚަބަރު

ތ ވޭމަންޑުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ތ ވޭމަންޑުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ތ ވޭމަންޑުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން. ފޮޓޯ: ޑީއެންއާރް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖުލައި 2025، 11:12

19 ޖުލައި 2025، 11:12

ހުލާސާ


ތ. ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. 

މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން އިތުރުކުރެވުނު އަނެއް ރަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޚިދުމަތް ތ. ވޭމަންޑޫގައި ފެށުމާއެކު ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އައިޑީ ކާޑު ހެއްދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

ޑީއެންއާރުން ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ 27 ރަށެއްގައި މި ޚިދުމަތް ދެމުން ގެންދެއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެއިތުރުން، ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި މި ޚިދުމަތް އެންމެ ފުރަތަމަ ފެށިފައިވަނީ މެލޭޝިއާގައެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. މާލެ ސަރަހައްދުން ބޭރުން މި ޚިދުމަތް އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ގއ. ވިލިނގިލީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

 

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން