Ads by Stelco

ޚަބަރު

މަޑަވެއްޔާ ދިމާލުން އޮޔާދިޔަ ޑިންގީއަކާއި ބަންޑުންޖަހާލި ޑިންގީއެއް ސަލާމަތްކޮށްފި

މަޑަވެއްޔާ ދިމާލުން އޮޔާދިޔަ ޑިންގީއަކާއި ބަންޑުންޖަހާލި ޑިންގީއެއް ސަލާމަތްކޮށްފި

ބަންޑުންޖަހާލި ޑިންގީ ސަލާމަތްކުރަނީ، ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖުލައި 2025، 02:04

18 ޖުލައި 2025، 02:04

ގދ. މަޑަވެއްޔާ ދިމާލުން އޮޔާދިޔަ ޑިންގީއަކާއި ބަންޑުންޖަހާލި ޑިންގީއެއް، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. 

ފުލުހުންނާއި އެމްއެންޑީއެފްގެ ރެސްކިއު ޓީމުތަކުން މިއަދު ހެނދުނު ހަރަކާތްތެރިވާން ފެށީ، މަޑަވެއްޔާ ދިމާލުން ބޭރުން ދަތުރުކުރަމުން ދިޔަ ޑިންގީއެއް އޮޔާދާކަމުގެ ރިޕޯޓު ލިބިގެންނެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 8:30 ހާއިރެވެ. 

އެ ޑިންގީ ހޯދުމަށް ނިކުތް އެމްއެންޑީއެފްގެ ރެސްކިއު ޓީމަށް އެ ސަރަޙައްދުން އޮޔާ ދިޔަ އެހެން ޑިންގީއެއް ފެނިފައިވެއެވެ. އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ޑިންގީ ވަނީ އަނބުރާ މަޑަވެއްޔަށް ގެންގޮސްފައެވެ.

ސާޗް އެންޑް ރެސްކިއު ޓީމުތަކުން ކުރަމުން ދިޔަ މަސައްކަތުން، އޮޔާދާކަމަށް ރިޕޯޓުކުރި ޑިންގީ ފެނިފައިވަނީ އެ މައްސަލަ ރިޕޯޓުކުރިތާ ދެ ގަޑިއިރަށްވުރެ ގިނައިރުވީ ފަހުން، 11 ޖަހާކަށްހާއިރެވެ. އޭރު ޑިންގީ އޮތީ ބަންޑުންޖަހާލައި، ދެފެންދޭތެރޭގައެވެ. އަދި އެގޭން ދަތުރުކުރި ދެ މީހުން ޑިންގީ މަތީގައި ތިބިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ޑިންގީގައި ތިބީ 40 އަހަރާއި 66 އަހަރުގެ ދެ ފިރިހެނުންކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.



ފުލުހުން އިލްތިމާސްކޮށްފައި ވަނީ މި ދުވަސްވަރު ކަނޑަށް ނިކުތުމުގެ ކުރިން މޫސުން ރަގަޅަށް ބެލުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން