ކުޅިވަރު

ބާސެލޯނާއިން ޔަމާލްގެ ކޮންޓްރެކްޓު އައުކޮށް 10 ނަންބަރު ޖާޒީ ދީފި

ބާސެލޯނާއިން ޔަމާލްގެ ކޮންޓްރެކްޓު އައުކޮށް 10 ނަންބަރު ޖާޒީ ދީފި

އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޔަމާލް ޖާޒީ ދައްކާލަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ޖުލައި 2025، 08:13

17 ޖުލައި 2025، 08:13

ބާސެލޯނާއާއެކު ސްޕެއިންގެ ޒުވާން ފޯވާޑް، ލެމިން ޔަމާލް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، އޭނާއަށް ކްލަބުގެ 10 ނަމްބަރު ޖާޒީ ދީފައިވާކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

މިދިޔަ ސީޒަނުގައި މި ޖާޒީ ނަންބަރު ބޭނުންކުރީ އަންސޫ ފަޓީއެވެ. ނަމަވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ މޮނާކޯއަށް ބަދަލުވުމަށް ނިންމާފައެވެ.

ބާސެލޯނާގެ 10 ނަންވަރު ޖާޒީއަކީ ކްލަބުގެ އެންމެ ވަރުގަދަ އެއް ނަންބަރެވެ. އެގޮތުން އެ ކްލަބަށް ކުޅުނު ދުވަސްވަރު މެރެޑޯނާ އާއި ރޯނާލްޑީނިއޯ އަދި މެސީ ބޭނުންކޮށްފައިވަނީ މި ޖާޒީއެވެ. 

2031 ވަނަ އަހަރާ ހަމައަށް ބާސެލޯނާއަށް ސޮއިކުރުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ޔަމާލް ބުނީ، މެސީ ފަދައިން ބާސެލޯނާގައި އޭނާގެ އަމިއްލަ ރަން ސަފްޙާތަކެއް ލިޔުމަށް މަސައްކަތްކުރާނެކަމަށެވެ. 

އުމުރުން އެންމެ 18 އަހަރުގެ ޔަމާލްއަކީ މި އަހަރުގެ ބެލަން ޑިއޯއަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ލަ ލީގާ އާއި ކޮޕަ ޑެލް ރޭ ބާސެލޯނާއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އައު އެގްރީމެންޓާއެކު ޔަމާލްއަށް ހަފްތާއަކު 325،000 ޕައުންޑު ލިބޭނެއެވެ. އެއީ އަހަރަކު 17 މިލިއަން ޑޮލަރެވެ. އަދި އިތުރު ބޯނަސްތަކާއެކު އަހަރަކަށް 23 މިލިއަން ޑޮލަރު ލިބޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. 

އިއްޔެ އޮތް ސޮއިކުރުމުގެ ރަސްމިއްޔާތަށް ޔަމާލް ދިޔައީ އޭނާގެ މާމަ ގޮވައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން