ޚަބަރު
އެއާރޕޯޓު ސެކިއުރިޓީ މުވައްޒަފުންގެ މަސައްކަތު ވަގުތުން 2 ގަޑިއިރު މަދުކޮށްފި

އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފަކު ޕެސެންޖަރެއް ޗެކްކުރނީ، ފޮޓޯ: އެވްސެކޮމް

ފަރުދުން
16 ޖުލައި 2025، 10:28
16 ޖުލައި 2025، 10:28
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވެސެކޮމް) ގެ މުވައްޒަފުންގެ މަސައްކަތު ގަޑިން 2 ގަޑިއިރު މަދުކޮށްފިއެވެ.
މި ބަދަލު ހިމަނާފައި ވަނީ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާޙުގައެވެ.
އެ ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ. މީގެ ކުރިން އެ އޮފީހުގެ ރަސްމީ މަސައްކަތު ވަގުތަކީ 8 ގަޑިއިރެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފް މޯލްޑިވްސް (އެވްސެކޮމް)ގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންނަކީ އެއާޕޯޓުގެ ޓާމިނަލްތަކަށް ވަންނަ މީހުންނާއި އެ މީހުންގެ ލަގެޖު ޗެކުކޮށް، ސެކިއުރިޓީގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްޒަފުންނެވެ.