Ads by Stelco

ޚަބަރު

މާލޭގައި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

މާލޭގައި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ގެއްކިގެން ހޯދަމުންދާ ޔާމީން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ޖުލައި 2025، 12:09

16 ޖުލައި 2025، 12:09

މާލޭގައި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ނަމަކަށް ކިޔާ މީހެކެވެ. 

ޔާމީން ގެއްލިފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. އެ ރޭ 21:25 ހާއިރު ގެއިން ނިކުމެގެން ދިޔަފަހުން ޚަބަރެއް ނުވާތީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ  މި މަހުގެ 14 ވަނަ ދުވަހެވެ. 



ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 

އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން