Ads by Stelco

ޚަބަރު

މާމިގިލީގައި ފީނަން ގޮސް އުޅުނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މާމިގިލީގައި ފީނަން ގޮސް އުޅުނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މާމިގިލި، ފޮޓޯ: ލަކަބާނާ މޯލްޑިވްސް

farudhun logo

ފަރުދުން

14 ޖުލައި 2025، 09:29

14 ޖުލައި 2025، 09:29

އދ. މާމިގިލީގައި ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ރަށުގެ ބޭރު މޫދުން އެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި ކުއްޖާ ފީނަން ދިޔައީ އިތުރު ތިން ކުއްޖަކާއެކު މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

އަދި އެކުއްޖާ ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭގެ 7:00 ހާއިރެވެ.

ރެސްކިއު އޮޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އެ ކުއްޖާ ނަގައިގެން އެ ރަށުގެ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. 

ހެލްތު ސެންޓަރުން ޑޮކްޓަރު ބެލުމަށްފަހު، އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހާމަކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން