Ads by Stelco

ޚަބަރު

ތިލަމާލެ ބުރިޖުގެ ޕައިލިން މަސައްކަތާއެކު، މުޅި މަޝްރޫޢުގެ %60 ނިމިއްޖެ

ތިލަމާލެ ބުރިޖުގެ ޕައިލިން މަސައްކަތާއެކު، މުޅި މަޝްރޫޢުގެ %60 ނިމިއްޖެ

ތިލަމާލެ ބުރިޖުގެ ޕައިލިން މަސައްކަތް ކުރިޔަށް ދަނިކޮށް ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ވަޒީރު މުއްޠަލިބު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2025، 09:07

01 ޖުލައި 2025، 09:07

ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ ބިޔަ މަޝްރޫޢު، ތިލަމާލެ ބުރިޖުގެ ޕައިލިން މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. އަދި މި މަސައްކަތާއެކު މުޅި މަޝްރޫޢުގެ %60.84 މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެގައި ވަޒީރު ވިދާޅުވީ، ޕައިލިން މަސައްކަތަކީ މި މަޝްރޫޢުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށާއި، މޫދުގެ ސަރަޙައްދާއި އެއްގަމުގެ ސަރަޙައްދުތަކާއެކު ޖުމްލަ 68 ސަރަޙައްދެގައި ޕައިލް ކުރމުގެ މަސައްކަތް ކުރިޔަށްދިޔަ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.



އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މި މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.  މި ބުރިޖު ނިމޭއިރު، އެ ބްރިޖުގެ ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. 

މި މަސައްކަތް ރާވާފައިވާ ގޮތުން، މާލެއިން ގުޅިފަޅަށް ގުޅާލާ ނިމޭނީ އަންނަ އަހަރުގެ މާރިޗު މަހެވެ. އަދި އެއަށްފަހު ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތް ނިންމޭނީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS