ކުޅިވަރު

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ޔޫއެފާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ޔޫއެފާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޔޫއެފާ 21 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރުމަށްފަހު އިންގްލެންޑުްނ ތަށި އުފުލާލަނީ، ފޮޓޯ: ސްކައިސްޕޯޓްސް

29 ޖޫން 2025، 09:17

ޖަރުމަނު ބަލިކޮށް އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫއެފާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

ސްލޮވެކިއާގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު 2-2 އިން އެއްވަރުވެގެން ނިމެން ދަނިކޮށް، އިންގްލެންޑަށް މެޗު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ފްރާންސްގެ މާސޭއަށް ކުޅެމުން އަންނަ ޖޮނަތަން ރޯވްއެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގީ އިންގްލެންޑުންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ހާވީ އެލިއޮޓްގެ ގޯލަކުންނެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި އޮމާރީ ހުޗިންސަން ވަނީ އިންގްލަންޑަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން އެލިއޮޓް، ހުޗިންސަން އަދި ޖޭމްސް މެކަޓީ ފޮނުވާލި ހަމަލާތައް ވަނީ ޖަރުމަނު ކީޕަރު ނޯއާ އަޓުބޮލޫ ދިފާއުކޮށްފައެވެ. 

އަދި ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެކުރިން ގޯލެއް ކާމިޔާބުކޮށް އުއްމީދު އައުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ނެލްސަން ވެއިޕާރއެވެ. 

ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ގަޑިއިރެއް ކުޅެވުނު ފަހުން، ޕޯލް ނެބެލްއެވެ.

މެޗުގެ ނަތީޖާ ބަދަލުކޮށްލި ރޯވް ކުޅެން ނިކުތީ އިތުރު ވަގުތުގައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލިވަޕޫލްގެ އެލިއޮޓްގެ ބަދަލުގައެވެ. އޭނާ އިންގްލެންޑަށް ތަށި ނަގައިދިނީ ކުޅެން ނިކުތްތާ ދެވަނަ މިނެޓުގެ ތެރޭގައެވެ. 

މި މުބާރާތް އެންމެ ފަހުން ވެސް ކާމިޔާބުކޮށްފައި ވަނީ އިންގްލެންޑުންނެވެ. އެއީ 39 އަހަރަށްފަހު އިންގްލެންޑުގެ ޒުވާން ޓީމުން ކާމިޔާބުކުރި ތައްޓެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS