ކުޅިވަރު

ވީއޭއެމް ކަޕް: ޕޮލިސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފި

ވީއޭއެމް ކަޕް: ޕޮލިސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފި

މުބާރާތުގައި އެޗްޑީސީ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗު، ފޮޓޯ: ވީއޭއެމް

29 ޖޫން 2025، 08:42

ވޮލީބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް)އިން ބާއްވާ ވީއޭއެމް ކަޕްގައި ޕޮލިސް ކްލަބުން ކުޅުނު ދެވަނަ މެޗު އެ ޓީމުން ކާމިޔާބުކޮށްފިއެވެ. 

މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ޕޮލިސް ކްލަބުން އިއްޔެ ކުރި ހޯދީ ސަދާރން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ތީމުން ކާމިޔާބުކުރީ 25-22، 25-18 އަދި 25-20 ޕޮއިންޓުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗު ޕޮލިސް ކްލަބަށް ގެއްލުނީ މި އަހަރު އަލަށް ވާދަކުރާ ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެއެވެ. އެ މެޗު ދަނޑިމަގު ސްޕޯޓްސްއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު އެޗްޑީސީ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗު އެޗްޑީސީއިން ކާމިޔާބުކުރީ ސީދާ 3 ސެޓުން، 25-17، 25-22 އަދި 25-18 ޕޮއިންޓުންނެވެ.

އަދި ރޭ ކުޅުނު މެޗުގައި ހުރާއިން ވަނީ ބްލޫސް ފޯރ ވޮލީބޯލް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ތަޖުރިބާކާރު ކުޅުންތެރިންނާ، ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު މި ފަހަރުގެ މުބާރާތައް ނުކުތް ހުރާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-16، 25-18 އަދި 25-19 ޕޮއިންޓުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS