ކުޅިވަރު

ރާއްޖޭގެ ނެޓުބޯޅަ ޓީމުން ޖަޕާން ވެސް ބަލިކޮށްފި

ރާއްޖޭގެ ނެޓުބޯޅަ ޓީމުން ޖަޕާން ވެސް ބަލިކޮށްފި

ރާއްޖެ އާއި ޖަޕާނު ބައްދަލުކުރި މެޗު ---

29 ޖޫން 2025، 08:07

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ނެޓުބޯޅަ ޓީމުން ޖަޕާން ބަލިކޮށްފިއެވެ.

ދެކުނު ކޮރެއާގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވާދަކުރި ފުރަތަމަ މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ހުކުރު ދުވަހު ރާއްޖެއިން ކުރި ހޯދީ ޗައިނީޒް ޓައިޕޭއާ ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާއެކު ރާއްޖެއިން ކާމިޔާބުކުރީ 51-26 ޕޮއިންޓުންނެވެ.

ހަ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ޓީމުން މި މުބާރާތުގައި ވާދަކުރަމުން އައި ނަމަވެސް، އިއްޔެ ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ވެސް ރާއްޖެއަށް އެހާ އުނދަގުލެއް ނުވިއެވެ. މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 59-32 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެން ދެން ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މި މުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނީ 2023 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއެވެ. އަދި އެ މުބާރާތް ވެސް ކުޅެފައިވަނީ ދެކުނު ކޮރެއާގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS