ވިޔަފާރި / ޚަބަރު

ޠާހާ ޙައްޖު ޢުމްރާ ގްރޫޕްގެ ޖުލައި ޕެކޭޖްގައި ގިނަ ޚިދުމަތްތަކެއް

ޠާހާ ޙައްޖު ޢުމްރާ ގްރޫޕްގެ ޖުލައި ޕެކޭޖްގައި ގިނަ ޚިދުމަތްތަކެއް

ސްކޫލް ބަންދު ތެރޭ ޢުމްރާގެ މަތިވެރި އަޅުކަމަށް: ޠާހާ ޙައްޖު ޢުމްރާ ގްރޫޕްގެ ޖުލައި ޕެކޭޖްގައި ގިނަ ޚިދުމަތްތަކެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2025، 11:00

28 ޖޫން 2025، 11:00

ސްކޫލް ބަންދު ތެރޭ ޢުމްރާގެ މަތިވެރި އަޅުކަމަށް: ޠާހާ ޙައްޖު ޢުމްރާ ގްރޫޕްގެ ޖުލައި ޕެކޭޖްގައި ގިނަ ޚިދުމަތްތަކެއް
ޠާހާ ޙައްޖު ޢުމްރާ ގްރޫޕުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 27 އިން އޮގަސްޓް މަހުގެ 09 އަށް ސްކޫލް ބަންދާ ދިމާކޮށް 15 ދުވަހުގެ ޚާއްޞަ ޢުމްރާ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ. މި ޕެކޭޖަކީ ޢާއިލާއާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޚާއްޞަ ފުރުސަތެއް ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސި ޕެކޭޖެކެވެ


މި ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، ޞިއްޙީ ފަރުވާގެ އިންތިޒާމް، ދުޢާ ފޮތް، ޙަރަމް ކައިރިން ހޮޓެލްގެ އިންތިޒާމް، ދީނީ ނަސޭހަތް އަދި ދިވެހިންގެ ރަހަޔަށް ފެތޭ ކެއުން ހިމެނެއެވެ. މީގެ އިތުރުން، ޢުމްރާގެ ފަހުން 5 ލީޓަރުގެ ޒަމްޒަމް ފެންފުޅިއެއް ވެސް ލިބިގެންދާނެއެވެ. ޢުމްރާ ކުރާނެ އެންމެ ޞައްޙަ ގޮތް ކިޔައިދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.


އިޚްތިޔާރީ ޚިދުމަތްތަކުގެ ތެރޭގައި ޠާއިފް ދަތުރު، ޖިއްދާ ދަތުރު، މައްކާއާއި މަދީނާއަށް ރެއިލުގައި ދަތުރުކުރުމުގެ ފުރުސަތު އަދި އިތުރު ޢުމްރާއެއް ކުރުމުގެ ފުރުސަތު ހިމެނެއެވެ.


ޠާހާ ޙައްޖު ޢުމްރާ ގްރޫޕްގެ މި ޚާއްސަ ޕެކޭޖުގެ އަގަކީ އެންމެ 29،500 ރުފިޔާއެވެ. މި ޕެކޭޖާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9882537 އަށް ގުޅުއްވުމުން ނުވަތަ ތާހާ ޙައްޖު ޢުމްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބަލާލެވޭނެއެވެ. ސްކޫލް ބަންދުގެ ދުވަސްވަރު ޢާއިލާއާއެކު މަތިވެރި އަޅުކަމެއް އަދާކުރުމަށް މިއީ ރަނގަޅު ފުރުސަތެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS