Ads by Stelco

ޚަބަރު

ރާއްޖެއާ ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ޒޯނެއް ކަނޑައަޅާ ވާހަކަ ދޮގުކޮށްފި

ރާއްޖެއާ ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ޒޯނެއް ކަނޑައަޅާ ވާހަކަ ދޮގުކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު---

farudhun logo

ފަރުދުން

27 ޖޫން 2025، 07:49

27 ޖޫން 2025، 07:49

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރުމާ ގުޅޭ އެއްވެސް ހިޔާލެއް އަދި މަޝްވަރާއެއް ވެސް ނުކުރައްވާ ކަމުގައެވެ.

ވަޒީރު މިހެން މި ވިދާޅުވީ، އެފަދަ ކަމެއް ސަރުކާރުން ފައްޓަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.



ލަންކާގެ ބައެއް މީޑިއާތަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަމަހުގެ ފަހުކޮޅު ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން އެއްބަސްވުންތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާބެހޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS