Ads by Stelco

ޚަބަރު

މާލީ އެހީތެރިކަމާއެކު ކުދި ވިޔަފާރިތައް އެކި މާކެޓުތަކަށް ފުޅާކޮށްދިނުމަށް މަސައްކަތް ކުރާނަން: ރައީސް

މާލީ އެހީތެރިކަމާއެކު ކުދި ވިޔަފާރިތައް އެކި މާކެޓުތަކަށް ފުޅާކޮށްދިނުމަށް މަސައްކަތް ކުރާނަން: ރައީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

27 ޖޫން 2025، 11:32

27 ޖޫން 2025، 11:32

ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެކި މާކެޓުތަކަށް ފުޅާކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނކުފާނުގެ މި ޕޯސްޓުގައި ވިދާޅުވީ، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި ވިޔަފާރިތަކަށް ކުރިއަރާދެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.



މީގެ އިތުރުން މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދެވި، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުހިންމު ދައުރެއް އަދާކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމެވެ. މި މައުރަޒުވީ އެތައް ވިޔަފާރިއަކަށް އިންވެސްޓަރުންގެ ލޯތައް ހުޅުވި، ވިޔަފާރިތަކަށް އިންވެސްޓްމެންޓް ލިބުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިން މައުރަކަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS