Ads by Stelco

ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް، ފޮޓޯ: ޕީއެސްއެމް

26 ޖޫން 2025، 07:37

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް 250 ވަނަ ބައިވެރިންނާއެކު ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ތަމްރީނުތައް އޮންނަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާނެ އިމާމުން ނެތުމުގެ ސަބަބުން ރަށްރަށުގެ މިސްކިތްތަކުގައި ބިދޭސީ އިމާމުން ތިބުމުގެ އިތުރުން، ރަމަޟާން މަހު ބިދޭސީ ހާފިޒުން ގެނައުން ހުއްޓުވުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

މި ބެޗުގެ ތަމްރީނުތައް ފަށާފައިވަނީ މިއަދުއެވެ. އަދި ބައެއް ބައިވެރިން އޮންލައިންކޮށް ބައިވެރިވާއިރު، އަނެއް ބައިވެރިން ބައިވެރިވަނީ ހާޒިރުވެގެންނެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެ ވުޒާރާ މިހާތަނަށް ކުރިޔަށްގެންދާ އެންމެ ކާމިޔާބު ޕްރޮގްރާމުކަމެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ޒުވާން ޚަޠީބުން ތަމްރީންކުރާ ޕްރޮގްރާމްގެ ކޯޑިނޭޓަރ އަޝްރަފް އިބްރާހީމް ވިދާޅުވީ، މިޕްރޮގްރާމްގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބައެއް ދަރިވަރުންނާއި، އަތޮޅުތަކުގެ ރަށްތަކުންވެސް ބައިވެރިވެފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ، ސްކޫލް ނިންމާ ކުދިންގެ ހިތްތަކުގައި އިމާމުވެ ނަމާދުކޮށް ޚުޠުބާ ދިނުމަށް ޝައުގު އުފައްދާ އެކަމަށް ކުރިމަތިލާނެ ޒުވާނުންތަކެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ 2 ބެޗުގައި 300 އަށްވުރެ ގިނަ ކުދިންވަނީ ފުރިހަމަކޮށްފައެވެ. މީގެތެރެއިން ބައެއް ކުދިން އަތޮޅުތަކުގެ ރަށްތަކާއި މާލޭގައިވެސް އިމާމުވެ ހުކުރު އަދި ނަމާދުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS