ކުޅިވަރު

އަލް-ނަސްރުގައި މަޑުކުރުމަށް ރޮނާލްޑޯ ނިންމައިފި

އަލް-ނަސްރުގައި މަޑުކުރުމަށް ރޮނާލްޑޯ ނިންމައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ---

26 ޖޫން 2025، 07:41

ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް-ނަސްރުގައި މަޑުކުރަން ނިންމާފައިވާކަމަށް ސައުދީގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް-ސަންރާއެކު މިހާރު ހަދާފައިވާ އެގްރީމެންޓު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް އިތުރު ދެ އަހަރަށް އެގްރީމެންޓުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް މިހާރު މިވަނީ ބެލެވިފައެވެ.

މިދިޔަ ސީޒަނުގެ ފަހު މެޗަށްފަހު ރޮނާލްޑޯ ވަނީ ސޯސަލް މީޑިއާގައި "މި ޗެޕްޓަރ ނިމުނީ" ކަމަށް ބުނެ ޕޯސްޓެއްކޮށްފައެވެ. މި ޕޯސްޓުން ގިނަ ބަޔަކަށް ދޭހަވީ، ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން އޭނާ އަލް-ނަސްރު ދޫކޮށްލުމަށް ނިންމީކަމަށެވެ. 

އަދި އަލް-ނަސްރު ފީފާ ކްލަބް ވޯލްޑް ކަޕަށް ކޮލިފައިނުވި ނަމަވެސް، އެހެން ޓީމަކާއެކު ރޮނާލްޑޯ ކްލަބް ވޯލްޑް ކަޕުން ފެންނާނެކަމަށް، ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯ ވަނީ އަޑު ފަތުރާފައެވެ. 

މިއާ ގުޅުވައި ރޮނާލްޑޯ ބުނީ، އެ މުބާރާތް ކުޅޭ ޓީމުތަކުން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ހުށަހެޅުންތައް އޭނާ ގަބޫލުނުކުރީ ކަމަށެވެ.

އެހެންކަމުން، ބޮޑަށް ބެލެވޭ ގޮތުން މީގެ ދެ ހަފްތާއެއްކުރިން ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިން ރޮނާލްޑޯ ދެންވެސް ފެންނާނީ އަލް-ނަސްރުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS