Ads by Stelco

ޚަބަރު

ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައިފި

ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައިފި

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައިގެން ހައްޔަރުކުރި މީހާ---

25 ޖޫން 2025، 10:46

ފުލުހުންގެ ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސެމުން އެ ފުލުސް އޮފިސަރަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭ 08:20 ހާއިރު ހުޅުމާލޭގައެވެ. ހުޅުމާލޭގެ ޖަވާހިރު މަގުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓެއް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހުން އިޝާރާތްކުރިކަމަށް ހާމަކޮށްފައިވެއެވެ. ނަމަވެސް ފުލުހުންގެ އިޝާރާތަށް މަޑުނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ސައިކަލުން ޖެއްސުމުން އެ އޮފިސަރަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސައިކަލް ދުއްވަން އިން، މާލެ / މ. ބަހާރުވިލާ، އުމުރުން 18 އަހަރުގެ ޔޫނުސް ޚަލީލް ޢަބްދުﷲ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް ނޯންނަކަމުގައި ފުލުހުން ހާމަކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS