Ads by Stelco

ޚަބަރު

އެމްއެމްއޭ ބޯޑުގެ އެޑުވައިޒަރުގެ މަގާމުން އިދުހާމް ވަކިކޮށްފި

އެމްއެމްއޭ ބޯޑުގެ އެޑުވައިޒަރުގެ މަގާމުން އިދުހާމް ވަކިކޮށްފި

އެމްއެމްއޭގެ ބޯޑުގެ އެޑުވައިޒަރެއްގެ މަގާމުގައި ހުންނެވި، މެންބަރު އިދުހާމް ހުސެއިން---

24 ޖޫން 2025، 07:29

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގެ އެޑުވައިޒަރެއްގެ މަގާމުގައި ހުންނެވި، މެންބަރު އިދުހާމް ހުސެއިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. 

މަގާމުން ވަކިކުރެއްވިއިރު އިދުހާމް ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރުގެ މަގާމުގައެވެ. 

އެ ސެކްޝަން ހިންގަވާ ވެރިއެއްގެ ގޮތުގައި، އެސިސްޓެންޓު ގަވަރުނަރުގެ މަގާުމުގައި ވެސް އޭނާ ކުރިން ހުންނެވިއެވެ. ނަމަވެސް ގަވަރުނަރު ބަދަލުވުމަށްފަހު އެމްއޭއޭއަށް ގެންނަވަން ފައްޓަވާފައިވާ އިދާރީ ބަދަލުތަކުގެ ތެރެއިން، ސެކްޝަންގެ ހިންގުމުގެ މަސްއޫލިއްޔަތު އިދުހާމްގެ އަތުން ނަންގަވައި، އެ ޒިންމާ ހަވާލުކުރެއްވީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާއާއެވެ. 

އިދުހާމް މަގާމުން ވަކިކުރެއްވި ނަމަވެސް، މިހާތަނަށް އެ ސަބަބު އެމްއެމްއޭއިން އާންމުކޮށްފައެއް ނުވެއެވެ. 

"މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިދުހާމް މަގާމުން ވަކިކޮށްފައިވަނީ، އޭނާ ހުންނެވި މަގާމަށް، އޭނާގެ ކުރީގެ މަސްއޫލިއްޔަތުތަށް ހަވާލުކުރެއްވި ރަޝްފާ ގެނައުމަށެވެ. އެހެންކަމުން ދެން ބޯޑުގައި އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާނެކަމަށް ބެލެވެނީ އޭނާއެވެ. އެކަމަކު އަދި މިހާތަނަށް އޭނާ ބޯޑަށް އައްޔަނުކޮށްފައެއް ނުވެއެވެ.

އިދުހާމް އެމްއެމްއޭގައި މަސައްކަތްކުރައްވާތާ މިހާރު ގާތްގަނޑަކަށް 35 އަހަރު ވެދާނެއެވެ. އެ އޮތޯރިޓީއާ އޭނާ ގުޅުނީ 1990 ވަނަ އަހަރެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS